#dhivehiarchives
މީގެ ފަންސާހަކަށް އަހަރު ކުރީގެ މާލޭގެ މަންޒަރެއް. މަޖީދީމަގުގެ އިރުން ހުޅަނގަށް ނަގާފައިވާ މި ފޮޓޮއިން ފެންނަ ލިބާސް ލައިގެން ތިބި ދެ އަންހެނުންނަކީ ގިރާވަރު ބަޔަކާ ވައްތަރު. ކަންމަތިން ފެންނަނީ ކޮން އިމާރާތެއްބާ؟ ބުކްޝޮޕެއްވެސް އެބަހުރި.

A photo of Maale almost 50 years ago.
📷 CTTO

image

image

Chilli Masaalaa chicken curry Maldivian style

ޗިލީ މަސާލާ ޗިކަން ކަރީ މޯލްޑިވިއަން ސްޓައިލް

ބޭނުންވާތަކެތި

2'ކުކުޅު ( ކޮށާފައި)
4 ފިޔާ ( ކޮށާފައި)
4 ލޮނުމެދު ( ގާނާފައި)
10 ރާނބާފަތްކޮޅު ( 1/2 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
1 ޖޯޑު ބައި ރަތް ހުނި ( ޕޭސްޓް)
3 ޖޯޑ ކާށި ބޯކިރު
1 ފަޅި ގިތެޔޮ މިރުސް ( ފަޅިފަޅިކޮށްފައި)
2 ހިކނދިފަތް
1މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރިހިކި މިރުސް
2 ދަޅު ޓޯމާޓޯ ޕޭސްޓް ކުޑަ
2 މޭޒުމަތީ ސަމުސާ ގިތެޔޮ
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
1 ސައިސަމުސާ ބައިމުގުރި ދިރި
1 ސައިސަމުސާ މަސްޓަރޑް ކްރީމް
1 މޭޭޒުމަތީ ސަމުސާ ލޮނުމިރުސް
ލޮނުކޮޅެއް
ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ތެއްޔެއް އުނދުންމައްޗަށް އުދާލާފައި ގިތެޔޮ ކޮޅާއި ކުޑަތެޔޮފޮދެއް އަޅާލާށެވެ.

ހޫނުވީމާ ފިޔާ، މިރުސް، ހިކަނދި ރާނބާ، ، އެއްކޮށް އަޅާލުމަށްފަހު ފިޔާކޮޅު މޯޅިވީމާ ކުކުޅު އަޅާލާށެވެ.

މަޑުގިނީގައި ކުކުޅު ކޮޅު ކޮޅުގެ ކުލަ ބަދަލުވަންދެން ދޭފަތުން މަޑުމަޑުންހަލަމުންދާށެވެ.
ރޯފިލާގޮތްވުމުން ހަވާދާއި ޕޭސްޓް 2 - 3 ޖޯޑުފެނުކިރުގައި ގިރާލާފައި އަދި ބޯކިރު ފިޔަވައި ބާކީހުރި ހުރިހާބާވަތްތައްއެއްކޮށްފައި ހަވާދުރޯފިލުމުން ބޯކިރު އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

image

#dhivehiarchives
ކެންދޫގައި ހުންނަ ތަބްރޭޒުގެފާނުގެ މަގާމްފުޅު މީގެ އަހަރުތަކެއް ކުރިން ހުރި ގޮތް. އެގޮތަށް ހުއްޓާ ތަން ވީރާނާވެ ބައެއް ފާރުތައް ވެއްޓި ސުންނާފަތިވެފައި ވަނިކޮށް މިއަހަރުގެ ތެރޭގައި ސަގާފީ ތަރިކައިގެ ގައުމީ މަރުކަޒުން މިތަން އަލުން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫއެއް ހިންގާފައިވޭ. ބުނެވޭ ގޮތުގައި މި މަގާމުފުޅު ހުރި ތަނަކީ މީލާދީން 1153 ގައި ދިވެހިރާއްޖޭގެ ރަސްގެފާނު އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެޑައިގަތް ޔޫސުފް އައްތަބްރޭޒީ އަޅުކަންކުރައްވާން އިންނެވި ތަނުގައި ހަދާފައިވާ މަގާމްފުޅެއް. އެހެންވީމާ މިތަނަކީ 800 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެއް ކަމަށް ބެލެވޭ. އިހުގައި މިތަނަކީ ހާއްސަ ގަދަރެއް ދެވިގެން ވަރަށް ބޮޑަށް ބަލަހައްޓަމުން އައި ތަނެއް. އެގޮތުން އެރަށު ގޮއިފާލައްބައިން ލިބޭ ތަކެތި ހަރަދުކޮށްގެން އެތަން ބެލެހެއްޓުމަށްޓަކައި ރަސްމީ އިންތިޒާމެއް ހަމަޖެހިފައި އޮތް. މިހާރު ފެންނަން ހުރި އިމާރާތް އެގޮތަށް ފަރުމާކޮށް ބިނާކުރީ މީގެ 100 ވަރަކަށް އަހަރު ކުރިން އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (3) ގެ ރަސްކަމުގައި. މިކަމުގެ މޭސްތިރިއަކީ ކުޑަރިކިލު ނާއިބު ކަލޭގެފާނު (މުހައްމަދު މަނިކު).
📷 މިލްކުވެރިކަން ލިބިގެންވަނީ ހައްގުވެރި ފަރާތަށް

Maqām of Tabrizi in Kendhoo Island is South Maalhosmadulu (aka Baa Atoll). It was the place where Sheikh Yusuf al-Tabrizi used to pray. He is believed to be the person who converted the Buddhist King of Maldives to Islam in 1153 CE.

imageimage
+12

#dhivehiarchives
އިހުގައި ދިވެހި ބެރުގައި އަޅައި އުޅުނު ކުރެހުންތަކުގެ ނަމޫނާއެއް. މިއީ 19 ވަނަ ގަރުނުގެ ތެރޭގައި މާކަނާ ކުޑަތުއްތު ދީދީ ކުރައްސަވާފައިވާ ކުރެހުންތަކެއް. އޭނާއަކީ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކުގެ ކާފަ.

image

image

image

image

image

image