Discover postsExplore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
ތިބާ ޖާއިޒު ދުޢާއެއް ކޮށްފިނަމަ، މާތް ﷲ ތިބާ ހުސްއަތާ ދޫނުކުރައްވަވާނެކަން ދަންނާށެވެ. އެހެނީ، ދުޢާ އިޖާބަ ކުރެވޭ އެކިއެކި ގޮތްގޮތް ހުރެއެވެ.
އޭގެ ތެރެއިން ދަރަޖައިގެ ގޮތުން އެންމެ ފަހަތުގައި ވަނީ، ތިބާ އެދުނު ކަމެއް އެ އެދުނު ގޮތަކަށް ދުނިޔެ މަތީގައި ދެއްވުމެވެ.
ދެން އޮތީ ދަރަޖައިގެ ގޮތުން އެއަށްވުރެ މަތިވެރި ގޮތްގޮތެވެ. އެއީ ދުނިޔެ މަތީގައި ތިބާއަށް ކުރިމަތިވާން ހުރި މުޞީބާތަކުން ތިބާ ސަލާމަތްކުރައްވައި ރައްކައުތެރި ކުރެއްވުމެވެ.
ނުވަތަ، އެ އެދުނު ކަމަށްވުރެ ހެޔޮ ކަމެއް ދުނިޔެ މަތީގައި ދެއްވުމެވެ.
މިގޮތްގޮތަށް ވުރެންވެސް މޮޅު އިތުރުވެގެންވާ ގޮތަކީ، އާޚިރަތުގައި ބޮޑެތި ޘަވާބުގެ ފަރުބަދައިގެ ގޮތުގައި ޘަވާބު ދެއްވުމެވެ. ނުވަތަ ޤިޔާމަތްދުވަހުން ތިބާއަށް ކުރިމަތިވާން ހުރި މުޞީބާތަކުން ތިބާއަށް ރައްކައުތެރިކަން ދެއްވައި، ތިބާއަށް ސަލާމަތާއި ނަޖާތު ދެއްވުމެވެ.
ވީމާ ދުޢާކުރުން ގިނަ ކުރާށެވެ. ދުޢާ ކުރުމުން އޮތީ ޘަވާބާއި ދަރުމައެވެ. އެއީ އަޅުކަމެވެ. އެއީ އަޅުކަމުގެ ސިކުނޑިއެވެ. އެއީ މާތް ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ކަމެކެވެ. ދެއަށް އުފުލާ ދުޢާ ކުރާށެވެ. ގިނަގިނައިން ދުޢާ ކުރާށެވެ.
ތައުބާ ނުވެވޭނެ ފާފައެއް ނެތެވެ.
ހަމައެކަނި މާތް ﷲ ގެ ޙައްޤެއް ހިމެނޭ ފާފައެއް ނަމަ، 3 ޝަރުޠެއް ތައުބާ ވާއިރު ފުރިހަމަ ކުރަން ޖެހޭނެއެވެ.
އެއީ؛
1- އެ ކުރެވުނު ފާފައަކާ މެދު ދެރަވުން
2- އެ ފާފަ ފުއްސެވުމަށް އެދި މާތް ﷲ އަށް ދެންނެވުން
3- އަނބުރާ އެ ފާފައަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައެޅުން
މީހެއްގެ ޙައްޤެއް ހިމެނޭ ފާފައެއް ނަމަ، އިތުރު އެއް ޝަރުޠު އިތުރުވެގެން ވެއެވެ.
އެއީ؛
4- އެމީހެއްގެ އެ ޙައްޤު އަދާކުރުން/ ހިތް ޙަލާލު ހޯދުން
ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ. އެ ދޮރު ބަންދު ވާނީ ދެ ކަމަކުންނެވެ.
1- މީހާގެ ފުރާނަ ހިއްޕެވޭ ވަގުތު ޖެހުން
2- ޤިޔާމަތްވުން
އެހެންކަމުން، މަރު އައިސް ޖެހުމުގެ ކުރިން ތެދުވެރި ތައުބާއަކުން ތައުބާވާން ބޭނުން މީހަކަށް އެ ދޮރު ވަނީ ހުޅުވިފައެވެ.
#dhivehiarchives
ދިވެހީންގެ ޒަމާންވީ ފަންނުވެރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ލިޔެލާޖެހުމަށް އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ މީހުން ތިބި، އަދި ޒަމާނުއްސުރެ އެކަމަށް އެންމެ ހާއްސަ އަދި މިހާރު ވެސް އެކަން ދިރިދިރި އޮތް ތުޅާދޫގެ ކުޅަދާނަ ފަންނުވެރިންގެ ތެރެއިން ޔޫސުފް ޒަކަރިއްޔާ.