1
Discover postsExplore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
19 އޯގަސްޓު 2021 މުޅި އިހަވަންދޫގެ މަސްވެރިކަމަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ބޮޑު ދުވަހެއް !
އިހަވަންދޫގައި މިހާތަނަށް މުޅިން އަލަށް 659 ހޯސްޕަވަރުގެ އިންޖީނެއް އަޅައިގެން މަސްވެރި 2 އުޅަނދެއް މޫދަށް ބޭލޭ ދުވަސް.
އެންމެ އުފާވެރި ކަމަކީ 659 ހޯސްޕަވަރުގެ އިންޖީނު އަޅައިފައިވާ 2 އުޅަދުވެސް މޫދަށް ބޭލުމަށް ހަމަޖެހިފައިވަނީ އެއްދުވަހެއްގައި. މިއީ އިހަވަންދޫގެ ތާރީހުގައިވެސް 659 ހޯސްޕަވަރުގެ އިންޖީނެއް އެޅި މަސްވެރި 2 އުޅަނދެއް އެއްދުވަހެއްގައި މޫދަށް ބޭލޭ ފުރަތަމަ ފަހަރު.
ނަމަވެސް މީގެ ކުރިން ފައިބަރު އުލަނދުފަހަރު އަދި ލަކުޑިން ބަނދެފައިވާ މަސްވެރި އުޅަނދު 2 އުޅަނދު 3 އުޅަނދުވެސް އެއްދުވަހެއްގައި ބާލައިފައިވާ ކަމަށް ތާރީހުތަކުން އެނގެން އެބަހުރި!
#dhivehiarchives
ކޮޅުމަޑުލު އެލާގައި ހުރި ވަރަށް އިހުޒަމާނެއްގެ މަހާނަގަލެއް. މި ގާ ހުރީ ވަށައިގެން ތެޅިގަލުން ރާނާފައި ހުރި ބިސްތާނައެއްގެ ތެރޭގައި. އެލައަކީ މާ އިހުޒަމާނެއްގައި މީހުން ދިރިއުޅުނު ރަށެއް. ރަށް ފަޅުވި ދުވަސްވަރެއް ނޭނގޭ. މި ސަރަހައްދުން ވަޅަކާއި މިސްކިތަކާއި ގަބުރުސްތާނެއް ނިޝާންތައް ފެނޭ.
A very old gravestone in Elaa Island in Kolhumadulu (Thaa Atoll). There is a coral stone wall around the grave. Elaa was an inhabited island in the past. But we don't know when the island became uninhabited. There are remnants of some gravestones and stones believed to be part of a foundation of a very old mosque and a well near this grave.
📷 Naajih 6/8/2021
#dhivehiarchives
އަރަބި ބޮޑުއަކުރު ލިޔުމުގެ ކުޅަދާނަ ފަންނުވެރިޔާ ކިނބިދޫ ޓޫފްލާވާސް އަލީ ރާފިއު (ދޫނިގޭ އައްޔުބެ). މިހާރު އުމުރުން 90 އިން މަތިވެފައިވާ އައްޔުބެއަކީ ކަތީބުކަމާއި އިސްލާމް/ގުރުއާން މުދައްރިސްކަމާއި މުދިންކަންވެސް ކުރައްވައި އާއްމު ހިދުމަތުގައި އުމުރުގެ ބޮޑުބައި ހޭދަކުރެއްވި ބޭކަލެއް.
Ali Rafiu (Dhoonigey Ayyube) from Kin'bidhoo Island is an outstanding Arabic calligrapher. He served as a Katheebu (Island Chief), Islam/Quran teacher, Mudhin (Muezzin and Imam) for most part of his 90 plus years of life.
#dhivehiarchives
ކިނބިދޫގައި ހުރި ތަރިކައިގެ ގޮތުގައި ބެލެވޭ ތަންތަނުގެ ތެރެއިން ދޮރުވަންނަ ހަސަން އެދުރު ތަކުރުފާނާއި އޭނާގެ ދެ ދަރިންގެ ޒިޔާރަތް. މިއީ ސީދާ ކޮން ދުވަސްވަރެއްގެ ތަނެއް ކަމެއް ނޭނގޭ. އެހެންނަމަވެސް ބިސްތާނައާއި މަހާނަގާތަކަށް ބަލާއިރު ހަތަރުފަސް ގަރުނެއްހާ ދުވަސްވެދާނެ ކަމަށް ބެލެވޭ. އިހުގައި ދިދަ ދަނޑިއެއްވެސް ހުރި.
📷 ނާޖިހު، 4/8/2021
#dhivehiarchives
ކިނބިދޫގައި ހުރި ތަރިކައިގެ ގޮތުގައި ބެލެވޭ ތަންތަނުގެ ތެރެއިން އެރަށު މާލޫދު ހަރުގެ. މިއީ އިހުގައި ބޮޑު މާލޫދު ކިޔުމަށްޓަކައި ވަރަށް ރީތިކޮށް އުވައާއި ގަލުން ބިނާކޮށްފައިވާ އިމާރާތެއް. މިއީ ދިވެހީންގެ ރޭނުމުގެ ފަންނުވެރިކަން ދައްކައިދޭ ރީތި ބިނާއެއް. ކިޔަވައިދިނުމަށާއި އެހެނިހެން ކަންކަމަށް ވެސް ބޭނުންކޮށްފައިވާ މި ބިނާއަށް ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ވެދާނެކަމަށް ބުނެވޭ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އަންނަނީ މިތަން މާރާމާތުކުރުމުގެ މަޝްރޫއެއް ހިންގަމުން.
📷 ކިނބިދޫ، 4 އޮގަސްޓު 2021