pumpkin soup
ޕަމްޕްކިން ސޫޕް

ބޭނުންވާތަކެތި

500 ގ. ބަރަބޯ ( ތޮށި މަށާ ތުނިކޮށް ކޮށްފައި )
1500 އެމް. އެލް ފެން
3 ލޮނުމެދު ކުދިކޮށް ކޮށާފައި
150 ގ. ބަޓަރ
100 ގ. ފުށް
1 ފިޔާ ( ކޮށާފައި)
50 އެމް .އެލް ކުކިންގ ކްރީމް
1 ޖޯޑު ޗިކަން ސްޓޮކް
މުގުރި އަސޭމިރުސް ކޮޅެއް
ލޮނުކޮޅެއް
ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ބަރަބޯ .ފިޔާ .ލޮނުމެދު އެއްކޮށް ތެޔޮފޮދެއް ވެސް އެއްކޮށްފައި ލޮނުކޮޅެއް ވެސް ލާފައި ތަވާޔަށް އަޅާފައި ހަނާކޮށްލާށެވެ.

ތެލީގެ ތެރެއަށް ބަޓަރުކޮޅެއް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ.

ދިޔާވީމާ ފުށްކޮޅު އެއްކޮށްފައި ހަނާކުރިޗހުރި ބާވަތްތައް ތެލީގެ ތެރެއަށް އަޅާލުމަށްފަހު ދޭފަތުން ހަލަމުން ކުޑަކޮށް ހަނާކޮށްލާށެވެ.

ފެން އެއްކޮށްލުމަށްފަހު މަޑުވަންދެން ކައްކާށެވެ.

މަޑު ނުވާނަމަ އިތުރަށް ފެން ފޮދެއް އަޅާށެވެ.

ބްލެންޑަރ ގައި ކައްކާފައިހުރި ބައި ރަނގަޅަށް ގިރާލާފައި ފުރާނާލާށެވެ.

ފުރޭނިބައި އަނެއްފަހަރު އުނދުންމައްޗަށް އުދާލާށެވެ.

ކެކިގަތުމުން އަސޭމިރުސް ކޮޅަކާއި ލޮނު ކޮޅަކާއި ޗިކަން ސްޓޮކް ކޮޅު އަޅާލާށެވެ .
ކްރީމްކޮޅު އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.

Tomato 🍅 and fish burger
ޓޮމާޓޯ އެންޑް ފިޝް ބާގަރ

ބޭނުންވާތަކެތި

2 ފޮތި ޓޮމާޓޯ
1 މޭޒުމަތީސަމުސާ ސަމުސާ ގާނާފައި ހުރި ފިޔާ
3/1 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ލެޓިއުސް ފަތް
3/1 ސައި ސަމުސާ ލޮނުމެދު
2 ރޯމަސް ފޮތި ތުނިކޮށް ކަފާފައި
1/4 ސައިސަމުސާ މަސްޓަޑް ކްރީމް
1 ފޮތި ސްލައިސް ޗީޒް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
1 ބާރގަރ ބަނަސް
ލޮނުކޮޅެއް
ތެޔޮފޮދެއް
ބަޓަރު ކޮޅެއް



ތަވާ އުދުންމައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ
ފިޔާ ކޮޅާއި، އަސޭމިރުސް ،ލޮނު ، ލޮނުމެދު އަދި މަސްޓަޑް ކްރީމް ކޮޅުވެސް އެއްކޮށްލާށެވެ .

އެބައި ހޫނުވީމާ މަޑުގިނީގައި ބަހައްޓައިގެން މަސްފޮތިތައް ތަވާގައި އަތުރާލާފައި ދެފުށް ދެފުށަށް ޖަހަމުން ފިހެލާށެވެ.

މަސްފޮތި ތަވާއިން ނަގާލާށެވެ .

2 ފޮތި ޓޮމާޓޯ ވެސް ތަވާގައި ބާއްވާފައި ރަހަ ހިފާ ވަރަށް ކުޑަކޮށް މިލުވާލާށެވެ.

ބަނަސް ދެފަޅި ކޮށްފައި ބަނަހުގެ އެތެރެފަރާތުގައި ތުނިކޮށް ބަޓަރު ކޮޅެއް ހާކާލާލާށެވެ.
ލެޓިއުސް ފަތް ކޮޅު ބާއްވާށެވެ. ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ.
ޓޮމާޓޯ ފޮތިތައް މަތީގައި ޓޮމާޓޯ ސޯސް ހާކާލާށެވެ.

މަސްފޮތި ބާއްވާފައި ޗީޒްފޮތި ވެސް ބާއްވާށެވެ.

ބާރގަރ ވެސް ތަފާތު ވަރަށް ގިނަގޮތްގޮތަށް ތައްޔާރު ކުރެއެވެ.

Apple with soda water

އެޕްލް ވިތް ސޮޑާ ވޯޓަރ

ބޭނުންވާ ތަކެތި

1 ޖޯޑު ޕެކެޓް އެޕްލް ޖޫސް
3 ފޮތި ލުނބޯ ދެފަޅިކޮށްފައި
5 އައިސް ކިއުބް
1/2 ޖޯޑު ސޮޑާ ވޯޓަރ

ތައްޔާރު ކުރާނެ ގޮތް

ބިއްލޫރި ތަށްޓަކަށް ލުނބޯ ފޮތިތައް ލާށެވެ .

އައިސް ކިއުބް އަޅާލާށެވެ.

ސޮޑާ ވޯޓަރ އާއި ޕެކެޓް ޖޫސް އެއްކޮ އަޅާލާށެވެ.

ބޭނުމިއްޔާ ޝުގަރ ސިރަޕް ފޮދެއް އެއްކޮށްލާށެވެ.

Theluli ifaiy lee mashuni

ތެލުލި ފަތްލީ މަސްހުނި

ތެލުލި ފަތަކީ ހުރިހާ އުމުރު ފުރައިގެ މީހުންނަށް ވެސް ވަރަށް ކަމުދާ ބާވަތެއް ގަރުދިޔައާއި ބަތާކާއިރު ތެލުލިފަތް ނެތްނަމަ ގިނަ މީހުން ކާންވެސް އުނދަގުލެވެ .

ހެނދުނުގެ ސައިގެ ގަޑިއަށް ތެލުލިފަތް ބޭނުމެއް ނުކުރާނެއެވެ.
ނަމަވެސް ތެލުލިފަތު ލީމަސް ހުންޏަކީ ވަރަށް މީރު ބްރޭކްފާސްޓް ގަޑިއަށް ވަރަށް ކަމުދާ ދިވެހިވަންތަ ޑިޝް އެއް

ރާއްޖެއަށް އަންނަ ފަތުރު ވެރިންނަށް ދިވެހިރަހަތައް ތައާރަފް
ކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް

ބޭނުމިއްޔާ މިރުސް މަދުކޮށް ލުން ނުވަތަ މިރުސް އެއްއެއްވެސް ވަރަކަށް ނުލާނީ

ތެލުލި ފަތްލީ މަސްހުނި


ބޭނުންވާ ތަކެތި


1 ޖޯޑު ތެލުލި ފަތް
2 ޖޯޑު ބައި ކާށިހުނި
1 ފިޔާ ހިމުންކޮށް ކޮށާފައި ހުރި
3 ފަޅި ލުނބޯ
1 ހިކަނދިފަތް ހިމުންކޮށް ކޮށާފައި
1 ފަޅި ގިތެޔޮމިރުސް ހިމުން ކޮށް ކޮށާފައި
1 ޖޯޑުބައި ދަޅުމަސް
ލޮނުކޮޅެއް


ތައްޔާރު ކުރާނެ ގޮތް
.

ފިޔާ ،މިރުހާއި ލޮނު، ހުތް، މަސް، ހުނި އެއް ކޮށް ރަނގަޅަށް މޮޑެފައި ތެލުލި ފަތްކޮޅު އެއްކޮށްލާށެވެ .

ވަޅޯމަސް ފްރައިޑް ރައިސް 2
Valhoa mas fried rice 2
ބޭނުންވާތަކެތި

2 ޖޯޑު ބަތް
3 މޭޒުމާތީސަމުސާ ފިޔާ ( ހިމުންކޮށް ކޮށާފައިހުރި )
1/2 ޖޯޑު ކެރެޓް ގާނާފައި ހުރި
1/2 ޖޯޑު ކެބެޖް ހިމުންކޮށް ކޮށާފައި ހުރި
1/2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ބެލްޕެޕަރ
1 ސައިސަމުސާ ހަނާކޮށް މުގުރާފައި ހުރި ލޮނުމެދު
1/2 ސައި ސަމުސާ އިނގުރު ޕޭސްޓް
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
2 ބިސް
1 ހިކަނދިފަތް
1 ސައި ސަމުސާ ޗިކަން ކިއުބް
1 ސައިސަމުސާ ގިތެޔޮމިރުސް ( ހިމުންކޮށް ކޮށާފައި ހުރި
1/2 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ވަޅޯމަސް
1 މޭޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
1 މޭޒުމާތީސަމުސާ ސޯޔާސޯސް
ލޮނުކޮޅެއް
ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުން މައްޗަށް އުދާލާށެވެ.

ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ހިކަނދިފަތް،، ބިސް ،މިރުސް،ކެރެޓް ކެބެޖު ބެލްޕެޕަރ އެއްކޮށްލާށެވެ.

މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.

ފިޔާކޮޅު ވަޅޯވީމާ މަސްކޮޅު އެއްކޮށްފައި ބާކީ ސާމާނު އެއްކޮށްފައި މަސްކޮޅު ހަނާކޮށްލާށެވެ.

ބަތާއި އެބައި އެއްކޮށްލާށެވެ.

ވަޅޯމަސް ފްރައިޑް ރައިސް ވެސް ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރު ކުރެއެވެ.

ބޮޑެތި ޖަރީމާތަކަށް އޮތް ހައްލަކީ، ޝަރީޢަތާއި، ހުކުމް ތަންފީޒުކުރުން!
https://khabaruonline.com/49557/

#REPORT | Bodethi jareema thakah oii hallakee, Sharee'athaa hukum thanfeezu kurun!
khabaruonline.com

#REPORT | Bodethi jareema thakah oii hallakee, Sharee'athaa hukum thanfeezu kurun!

މީހުން މެރުމާއި، މީހުންނަށް ލާއިންސާނީ ބޮޑެތި އަނިޔާތައް ދިނުމަކީ، ހުރިހާ މުޖްތަމަޢެއްގައިވެސް ބޮޑެތި ޖަރީމާތަކެވެ. އަދި، ވަކީން ޚާއްސަކޮށް، މަރުގެ ހާދިސާތަކަކީ، އެކަންކަމުގެ ހަގީގަތް ހޯދުމަށްޓަކާ

ހުޅުމާލޭ މިސްކިތެއްގައި ހިނގި ހަމަނުޖެހުމެއް ގައި މީހަކަށް އަނިޔާ ވެއްޖެ
https://www.dhidaily.com/50432/

ހުޅުމާލޭ މިސްކިތެއްގައި ހިނގި ހަމަނުޖެހުމެއް ގައި މީހަކަށް އަނިޔާ ވެއްޖެ - DhiDaily

ހުޅުމާލޭ މިސްކިތެއްގައި މިރޭ ހިނގި ހަމަނުޖެހުމެއް ގައި މީހަކަށް އަނިޔާ ވެފައި ވާކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

އިންޑިޔާ އިން ޓީޗަރުން ގެންނަން ނިންމީ ދިވެހި ޓީޗަރުން ނުލިބުމުން – އެޑިއުކޭޝަން
https://www.dhidaily.com/50444/

އިންޑިޔާ އިން ޓީޗަރުން ގެންނަން ނިންމީ ދިވެހި ޓީޗަރުން ނުލިބުމުން - އެޑިއުކޭޝަން - DhiDaily
www.dhidaily.com

އިންޑިޔާ އިން ޓީޗަރުން ގެންނަން ނިންމީ ދިވެހި ޓީޗަރުން ނުލިބުމުން - އެޑިއުކޭޝަން - DhiDaily

ރާއްޖެ އަށް އިންޑިޔާ އިން އަރަބި އަދި ޤުރުއާން ކިޔަވައިދޭ ޓީޗަރުން ގެންނަން ނިންމީ ދިވެހި ޓީޗަރުން އެ މަގާމުތަކަށް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން

ނެދަލެންޑްސްއާ އެކު އޮސްޓްރިއާ އިން ގަދަ 16 ޔަގީންކޮށްފި
https://fahuminet.com/18693

ނެދަލެންޑްސްއާ އެކު އޮސްޓްރިއާ އިން ގަދަ 16 ޔަގީންކޮށްފި
fahuminet.com

ނެދަލެންޑްސްއާ އެކު އޮސްޓްރިއާ އިން ގަދަ 16 ޔަގީންކޮށްފި

Fahuminet: A Different Flavor for Sports Readers

ގައުމު ރޮއްވާލި ހަފްތާއަށްފަހު ޑެންމާކަށް އުފާވެރިކަން، ގަދަ 16 ޔަގީންކޮށްފި
https://fahuminet.com/18697

ގައުމު ރޮއްވާލި ހަފްތާއަށްފަހު ޑެންމާކަށް އުފާވެރިކަން، ގަދަ 16 ޔަގީންކޮށްފި
fahuminet.com

ގައުމު ރޮއްވާލި ހަފްތާއަށްފަހު ޑެންމާކަށް އުފާވެރިކަން، ގަދަ 16 ޔަގީންކޮށްފި

Fahuminet: A Different Flavor for Sports Readers