Discover postsExplore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
Mugu hiki riha
މުގު ހިކި ރިހަ
ބޭނުންވާ ތަކެތި
300 ގ. މުގު
2 ފިޔާ
2 ހިކަނދިފަތް
3 ލޮނުމެދު ގާނާފައި
1 ފަޅި ގިތެޔޮ މިރުސް
1 ޖޯޑު ކާށި ކރު
2 ޓޮމާޓޯ ކޮށާފައި
1 ސައި ސަމުސާ ރީނދޫ
1/2އިންޗީގެ އިނގުރު ކޮޅެއް ގާނާފައި
1/2 ސައި ސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
1 ލުނބޯ
6 ރާނބާފަތް ކޮޅު 1/2 އިންޗިއަށް ބުރި ބުރިކޮށްފައި
1 ޗިކަން ކިއުބް
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
6 ހިކި މިރުސް މައްޗަށް އަޅަން
ތެޔޮފޮދެއް
ލޮނުކޮޅެއް
ތައްޔާރު ކުރާނެގޮތް
މުގު ދޮވެފައިމުގުގެ މަތީގައި އަތްތިލަ އެޅީމާ އަތްތިލަ ފޮރުވޭ ވަރަށްފެން އަޅާލާށެވެ .
ފިޔާ ހިކަނދިފަތް ރާނބާފަތް މިރުސް ލޮނުމެދު އިނގުރު ޓޮމާޓޯ އެއްކޮށްލާށެވެ.
2 ގަޑި އިރުވަންދެން މަތިޖަހާފައި ބަހައްޓާށެވެ.
2 ގަޑި އިރު ވީމާ އުނދުން މައްޗަށް އުދާފައި މުގު މަޑުވަންދެން ކައްކާށެވެ.
މަޑު ނުވަނީސް ހިކޭ ގޮތްވާނަމަ ކުޑަ ފެންފޮދެއް އެއްކޮށްލާށެވެ.
ހިކި މިރުހާއި ތެޔޮފޮދު ފިޔަވައި ބާކީ ތަކެތި އެއްކޮށްލާށެވެ.
ބާލަންވީމާ 1 ޖޯޑު ކާށި ބޯކިރު އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.
ތެޔޮ ފޮދު ތަވަޔަކަށް އަޅާފައި ހޫނުވީމާ ހިކިމިރުސާ އަޅާފައި ތެލުލާށެވެ .
ތެލުލި ހިކި މިރުސް ރިހަތެލީގެ މައްޗަށް އަޅާލާށެވެ.
މުގު ހިކި ރިހަ ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރުކުރެއެވެ.
.
Custard cream Croissant 🥐
ކަސްޓަރޑް ކްރީމް ކްރޮޒޯންސް
ބޭނުންވާ ތަކެތި
1 ކިލޯފުށް ބްރެޑް ފްލަރ
15 ގ. ލޮނު
15 ގ. އީސްޓް
50 ގ. ބަޓަރ
100 ގ. ހަކުރު
50 ގ.ހިކިކިރު
3 ބިސް
450 އެމެ. އެލް ފެން
500 ގ. ބަޓަރ ޝީޓް
ކަސްޓަރޑް ކްރީމް
އަލްމަންޑް ފްލެކްސް
ތައްޔާރު ކުރާނެ ގޮތް
ބަޓަރ ޝީޓް ފިޔަވައި ބާކީ ތަކެތި އެއްކޮށް މެޝިނުން ރަނގަޅަށް މޮޑެވެންދެން މޮޑެލާށެވެ.
ފުށްގަނޑު ކަވަރ ކޮށްފައި 3 ގަޑި ނުވަތަ 4 ގަޑި އިރު ވަންދެން ފްރިޖްގައި ބާއްވާށެވެ.
ފުށްގަނޑު ޝީޓެެއްހެން ދިގަށް ދަމާލާށެވެ.
ބަޓަރޝީޓް ބާއްވާފައި 4 ފަރާތުން ފަށްޖަހާލާށެވެ.
އަނެއްފަހަރު ދިގަށް ދަމާލާފައި 3 ބަޔަށް ފަށްޖަހާލާށެވެ.
އަނެއްފަހަރު ދިގަށް ދަމާފައި އަނެއްކާވެސް 3 ބަޔަށް ފަށް ޖަހާށެވެ .
އެގޮތަށް ތިންފަށަލަށް ނުވަތަ 4 ފަށަލަށް ފަށްޖަހާފައި 3 ގަޑި އިރުވަންދެން ފްރިޖްގައި ބާއްވާށެވެ.
ފުށްގަނޑު ދަމާފައި ފުށްގަނޑުން ފުށް ކޮޅުތައް އެއްކޮޅަށް ފަލަކޮށް ދިގުކޮށް ފުށްކޮޅުތައް ކަނޑާފައި ކަސްޓަރޑް ކްރީމް ކޮޅެއް ހާކާފައި ފަލަކޮޅުން އޮޅާލާށެވެ.
މައްޗަށް އަލްމަންޑް ފްލެކްސް ކޮޅެއް ބުރުވާލާށެވެ .
އަވަންގެ ހޫނުމިން 180 ގައި 15 މިނިޓް ފިހެލާށެވެ.
ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
ގައިގެ ކުލަ ނުވަތަ ޚާއްސަކޮށް މޫނުގެ ކުލަ އަލިކޮށް ދޮންކޮށް ބެހެއްޓުމަށް ދެ ޖިންސްގެ މީހުންވެސް ބޭނުންވެއެވެ. އެކަަމަށް އާއްމު ގޮތެއްގައި އަހަރުމެން ބޭނުންކުރަމުން އަންނަނީ ކޮންމެވެސް ކެމިކަލެއް އެކުލެވޭ ޒާތްޒާތުގެ ދޮންވާ ކްރީމް ތަކެވެ. އެހެން ނަމަވެސް އެތަކެތީގެ ސަބަބުން ހަމުގެ ވަރަށް ގިނަ މައްސަލަ ތަކާއި ކުރިމަތިވެއެވެ. ބައެއް ފަހަރަށް ހަމާއި ގުޅޭ ބާވަތުގެ ކްރީމެއް ހޯދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް މަދެއް ނޫނެވެ.
އެހެން ނަމަވެސް ގުދުރަތީ ތާޒާ ތަރުކާރީއާއި މޭވާއިންވެސް މިކަން ވެދާނެކަން އެނގޭ ހެއްޔެވެ. އަދި ހުރިހާ ގޮތަކުންވެސް މި ގޮތް މާ ފައިދާ ބޮޑުވެސްމެއެވެ.