image

image

image

image

Tuna tacos
ޓޫނާ ޓާކޯސް

ބޭނުންވާ ތަކެތި

500 ގ. މަސް ޓޫނާ ދަޅުގެ
2 ޓޮމާޓޯ ތުނިކޮށް ކޮށާފައި
2 ފިޔާ ތުނިކޮށް ކޮށާފައި
5/1 ސައި ސަމުސާ އޮރެގާނޯ
2 މޭޒުމަތީ ސަމުސާ ޕެޕްރިކާ ޕައުޑަރ
ލޮނުކޮޅެއް
ތެޔޮފޮދެއް
މުގުރި އަސޭމިރުސް ކޮޅެއް

ޕިޓާ ބްރެޑް އަށް ބޭނުންވާ ސާމާނުތައް

500 ގ. ފުށް
50 ގ. ބަޓަރ
10 ގ. ހިކިކިރު
10 ގ. ހަކުރު
8 ގ ލޮނު
8 ގ. އީސްޓް
2 ބިސް
ފެން

ތައްޔާރު ނެގޮތް

ފުށް ބޯލް އަކަށް އަޅާލާށެވެ.

ފުށްގަނޑު ބޯލް އަށް އަޅާލާފައި ފުށްގަނޑަށް ބޭނުންވާ ސާމާނުތައް އެއްކޮށްފައި ރަނގަޅަށް މޮޑެލާށެވެ.

އަތުން ވެސް މޮޑެވިދާނެ

ފުށް ގަނޑުން ގުޅަ ގުޅަ ކަނޑާފައި ރޮށިދަމާވަރަށް ވުރެ ކުޑަކޮށް ބޯކޮށް ދަމާފައި މޭޒުމަތީ އަތުރާފައި މަތި ކަވަރ ކޮށްފައި 30 މިނިޓް ބަހައްޓާށެވެ.

ތަވާ އުނދުން މައްޗަށް އުދާލާށެވެ.

ކުޑަތެޔޮފޮދެއް އަޅާލާށެވެ.

ހޫނުވީމާ ފިޔާ ކޮޅު އަޅާލާށެވެ .

ފިޔާކޮޅު މޯޅިވެލުމުން ޓޫނާ .ޕެޕްރިކާ އޮރެގާނޯ. ލޮނު .އަސޭމިރުސް އަދި ޓޮމާޓޯ ވެސް އެއްކޮށްލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ހަނާކޮށްލާށެވެ.

އިތުރަށް ބޭނުންވާ ބައެއް ސާމާނުތައް

1 ކިއުކަމްބާ ތޮށިމަށާ ކޮށާފައި
3 ލެޓިއުސް ފަތް ކޮށާފައި
2 ޓޮމާޓޯ ކޮށާފައި
1 ފިޔާ ކޮށާފައި
ކުޑަ ލޮނުކޮޅެއް

ސޯސްތައް

މޮޒެރެލާ ޗީޒް
ޓޮމާޓޯ ކެޗަޕް
މެޔޮނައިސް

ތަވާ ދޮންކޮށްގެން ރޮށި ކުޑަކޮށް ދެބައި ކުޅަ އެއްބަޔަށް ރޯފިލާވަރަށް ފިހެލާށެވެ.

ކޮންމެ ރޮށްޓެއްގައ މެޔޮނައިސް ކޮޅެއް ރޮނގެއް ގޮތަށް އަޅާފައި ޓޮމާޓޯ ސޯސް ކޮޅެއް ވެސް އަޅާލާށެވެ.

އިތުރަށް ބޭނުންވާ ސާމާނުތައް އެއްކޮށް މިކްސް ކޮށްފައި އެއިން އެތިކޮޅެއް ވެސް އަޅާލާށެވެ .

ހަނާކުރި ޓޫނާކޮޅުންވެސް އެތިކޮޅެއް އަޅާލާށެވެ.

ޗީޒްކޮޅެއް ވިއްސާލާފައި ރޮށިފަތް ޖަހާލާށެވެ.

ޓްރޭ އެއްގައި އަތުރާލާފައި އަވަނުން ރޮށީގެ ތަން ތަންކޮޅަށް މަޑު މުށި ކުލަ އަރާ ވަރަށް ފިހެލާށެވެ.

ބޭނުމިއްޔާ މަސްގަނޑު ހަދާއިރު ގިތެޔޮމިރުސް ކޮޅެއްވެސް ލެވިދާނެ

image

Happy Father’s Day to all fathers, especially construction fathers. They work long hours and have sacrificed family life.

image

Don’t allow your tongue to utter the fault of another person, because you are covered in faults, and everyone else has tongues too. Don’t allow your eyes to fall on the faults of others. Turn away your eyes because other people have eyes too. - Imam Ash Shafi’i

image

image

image