ބީފް ބޯލް ކަރީ
Beef ball curry
ބޭނުންވާތަކެތި
ބީފް ބޯލް ތައްޔާރުކުރަން ބޭނުންވާ ސާމާނު
500 ގ .މުގުރި ބީފް
1 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ކެރެޓް
1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް
3 ޕާސްލީކޮޅު ހިމުންކޮށް ކޮށާފައި
1/2 ޖޯޑު ޕިޔާ ޕޭސްޓް
4 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް ހިމުންކޮށް ކޮށާފައި ހުރި
4 ބިސް ގިރާފައި
ލޮނުކޮޅެއް
އަސޭމިރުސްކޮޅެއް
ރިހަޔަށް ބޭނުންވާ ތަކެތި
2 ފިޔާ ( ހިމުންކޮށް ކޮށާފައި)
3 ހިކަނދިފަތް
8 ރާނބާފަތްކޮޅު ( 1/2 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
1 ޖޯޑު ހަނާކުރި ހަވާދު ( ފުނޑާފައިހުރި)
1/4 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
1 ސައިސަމުސާ ބައި މުގުރި ދިރި
4 ޖޯޑު ކާށިކިރު
1 ޖޯޑު ކާށިބޯކިރު
1/2 ޖޯޑު ޓޮމާޓޯ ޕޭސްޓް
1 ޖޯޑު ޕީލްޑް ޓޮމާޓޯ
1 މޭޒުމަތީސަމުސާ ހަނާކޮށްފައި މުގުރާފައި ހުރި ހިކިމިރުސް
1 ފަޅި ގިތެޔޮ މިރުސް ކޮށާފައި
1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ( ފުނޑާފައިހުރި)
1/3 ސައި ސަމުސާ ރީނދޫ
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ބީފް ބޯލް އަށް ބޭނުން ވާ ސާމާނު އެއްކޮށް ރަނގަޅަށް މޮޑެލާށެވެ.
ތަވާ އުނދުން މައްޗަށް އުދާލާފައި ތެޔޮ އަޅާލާށެވެ.
ތެޔޮ ގަނޑު ކެކުމުން ބޯލްތައް ކުޑަކޮށް ފްރައިކޮށްފައި ބަހައްޓާށެވެ.
ތެލި އުނދުންމައްޗަށް އުދާލާށެވެ.
ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ ހިކަނދި- ރާނބާ މިރުސް އެއްކޮށްލާށެވެ.
މަޑުގިނީގައި ބަހައްޓައިގެން ދޭފަތުންހަލަމުން ދާށެވެ.
ފިޔާކޮޅު މޯޅިވީމާ ބޯލް ކޮޅާއި ބޯކިރު ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި 4 ޖޯޑު ފެންކިރު ވެސް އެއްކޮށްލާށެވެ.
ރަނގަޅަށް ކެކި އޮލަވުމުން ފްރައިކޮށްފައި ހުރި ބޯލްތައް އެއްކޮށް ލާށެވެ.
ރަހަހިފާ ވަރަށް ކެކުމުން ބޯކިރު އެއްކޮށްފައި ކެކިގަތީމާ އުނދުން މަތިން ބާލާށެވެ.
ބީފް ބޯލް ކަރީ ވެސް 3-4 ގޮތަށް ވެސް ތައްޔާރު ކުރެއެވެ.