Fried Naasi gorang

ފްރައިޑް ނާސި ގޯރެންގ

ބޭނުންވާ ތަކެތި

4 ޖޯޑުބަތް ބާސްމަތީ ހަނޑުލުގެ
3 ފަޅި ފިޔާ ހިމުންކޮށް ކޮށާފައި
4. ހިކިމިރުސް ބުރި ބުރިކޮށްފައި
2 ޖޯޑު ހިމުންކޮށް ބީފް ޗިކަން ޑިނގާ ކުޑަ ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއްލާ ތެލުލާފައި ހުރި
1 ސައި ސަމުސާ ބައި ޕްރޯންސް ޕައުޑަރ
3 މޭޒުމަތީ ސަމުސާ ގްރީން ޕީސް ބޭނުމިއްޔާ
1 ސައިސަމުސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި
1 ސައި ސަމުސާ ބައިލޮނުމެދު ހަނާކޮށް މުގުރާފައި ހުރި
1 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ހިކިމިރުސާ
2 ހިކަނދިފަތް
1 ސައިސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް
1 ސައި ސަމުސާ ޗިކަން ކިއުބް
1/2 ޖޯޑު ކެރެޓް ގާނާފައި ހުރި
1/2ޖޯޑު ކެބެޖް ހިމުންކޮށް ކޮށާފައި ހުރި
1/2ޖޯޑު ލީކްސް ތުނިކޮށް ކޮށާފައި ހުރި
1/2 ޖޯޑު ގްރީން ބީންސް ހިމުންކޮށް ކޮށާފައި ހުރި
1/2 ސައި ސަމުސާ އިނގުރު ޗިސްކޮށްފައި ހުރި
2 މޭޒުމަތި ސަމުސާ އޮއިސްޓަރ ސޯސް
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1/4 ސައި ސަމުސާ މުގުރި އަސޭމިރުސް
ލޮނުކޮޅެއް
ތެޔޮފޮދެއް

ތައްޔާރު ކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާލާށެވެ.

ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.
ހޫނުވީމާ ފިޔާ ހިކަނދިފަތް އަދި ތަރުކާރީ ގެ ބާވަތްތައް މިރުސްވެސް އެއްކޮށް އަޅާލުމަށްފަހު ފިޔާކޮޅު މޯޅި ވަންދެން މަޑު ގިނީގައި ދޭފަތުން ހަލަމުންދާށެވެ.

ހަނާކުރި މަސް ވެސް އެއްކޮށްލާށެވެ.
ބާކީ ހުރިހުރިހާ ބާވަތެއް ފަހަރަކު ބާވަތެއް އަޅަމުން ދާށެވެ . ރަހަ ނިކުންނަ ވަރަށް ހަނާވީމާ ބަތް ކޮޅު އެއްކޮށްފައި ރަހަ ހިފުމުން އުނދުން މަތިން ބާލާށެވެ.

ތަށްޓަށް އަޅާފައި ބިސްގަނޑަކާއިއެކު ސާރވް ކުރާށެވެ.

ނާސި ގޯރެންގ ވެސް 4-5 ގޮތަކަށް ތައްޔާރު ކުރެއެވެ.