Bef rice 4
ބީފް ރައިސް 4
ބޭނުންވާތަކެތި
5 ޖޯޑުބަތް
2 ޖޯޑު ފުލެޓް ބީފް ( ކުދިކޮށް ކޮށާފައި)
3 ބިސް
1/2 ޖޯޑު ގްރީން ބީންސް ކޮށާފައި ހުރި
1 ޖޯޑު ލީކްސް (ތުނިކޮށް ކޮށާފައިހުރި)
1 ޖޯޑު ކެރެޓް ( ގާނާފައިހުރި)
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ޖޯޑު ކެބެޖް ( ކޮށާފައިހުރި)
1 ހިކަނދިފަތް
1 ޖޯޑު ފިޔާ ( ހިމުންކޮށް ކޮށާފައިހުރި)
2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ ކޮށާ ހަނާކޮށްފައި ހުރި ލޮނުމެދު
1 މޭޒުމަތީ ސަމުސާ ހަނާކޮށްރާޅުކޮށް މުގުރާފައި ހުރި ހިކިމިރުސާ
1 ގިތެޔޮމިރުހުގެ 1/4 ފަޅި ( ހިމުންކޮށް ކޮށާފައި)
1 ސައިސަމުސާ އިނގުރު ( ޗިސްކޮށްފައިހުރި)
1 ސައިސަމުސާ ޗިކަން ކިއުބް
2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ތަވާ އުންދުންމައްޗަށް އުދާލާށެވެ.
ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ބިސް ތަޅާފައި އެއްކޮށްލާށެވެ.
ބިސް އެތި އެތި ކޮޅަށް ވަންދެން ދޭފަތުން ހަލަމުންދާށެވެ.
ފިޔާ ، ލީކްސް، ހިކަނދިފަތް، ބީންސް ،މިރުސް، ކެބެޖް، ބީފް ، ކެރެޓް، އެއްކޮށްލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.
ރޯފިލުމުން ބަތްފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އަޅާފައި 2 މިނިޓް ވީމާ ބަތްކޮޅު އަޅާފައި އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.