ޕަމްޕްކިން ޔެލޯ ކަރީ
Pumpkin yellow curry
ބޭނުންވާތަކެތި
8 ޖޯޑު ބަރަބޯ ( ރިހަޔަށް ކޮށާވަރަށް ކޮށާފައިހުރި)
2 ފިޔާ ( ކޮށާފައި)
2 ޖޯޑު ކާށިކިރު
2 ޖޯޑުފެންކިރު
4 ލޮނުމެދު ގާނާފައި
1 ސައި ސަމުސާ މަސްޓަރޑް ސީޑްސް)
1 ގިތެޔޮ މިރުސް ( ކޮށާފައި)
1 ސައި ސަމުސާ މުގުރި ފޮނިތޮށިކާފޫރު ތޮޅި
1 ސައި ސަމުސާ މުގުރި ދިރި
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ޖޯޑު ހިކިމަސް ( ތުނިކޮށް ކޮށާފައިހުރި)
1 ސައިސަމުސާ ޗިކަން ކިއުބް
2 ހިކަނދިފަތް
5 ރާނބާފަތްކޮޅު ( 2 / 1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
1 ޖޯޑު ކާށި ހުނި ހިމުންކޮށް ފުނޑާ ކުލަހިފާ ރަށް ރީނދޫ ކޮޅެއް ލައިގެން މޮޑެފައި ހުރި
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ބަރަބޯކޮޅު 2 ޖޯޑު ފެން ކިރާއި 3 ޖޯޑު ފެން އެއްކޮށްފައި ލޮނުކޮޅެއްވެސް ލާފައި ކައްކަން އުދާލާށެވެ.
އެހެން ތެއްޔެއް އުދާލާށެވެ.
ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ސީޑްސް ކޮޅު އަޅާލާށެވެ.
ސީޑްސް ކޮޅު ފުފުމުން ހިކަނދިފަތް ރާނބާފަތް މިރުސް އެއްކޮށްލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.
އެބައި ހަނާވީމާ ކާށިބޯކިރު ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށްލާށެވެ.
ބަރަބޯ މަޑުވުމުން އެބައި ވެސް އެއްކޮށްލާށެވެ. ރަހަހިފާ ވަރަށް ކެކުމުން ބާކީ ކިރު އަޅާފައި އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.