ސުވާލު:
އަންހެން ކުއްޖަކު މީހަކާ ކައިވެނި ކުރުމަށްފަހު ބޮޑަށް އިސްވާނީ މަންމަ ބުނާގޮތަށް ކަންތައްކުރުންތޯ ނުވަތަ ފިރިމީހާ ބުނާގޮތަށް ކަންތައްކުރުންތޯ؟
--
ޖަވާބު:
ކައިވެނި ކުރުމަށްފަހު ކިޔަމަންގަތުމުގައި އަނބިމީހާ އެންމެ އިސްކަމެއް ދޭންޖެހޭނީ ފިރިމީހާއަށެވެ. އޭގެ މާނައަކީ މައިންބަފައިންނަށް އުރެދޭ ވާހަކައެއް ނޫނެވެ. އަދި ފިރިމީހާ، އަނބިމީހާ އުރެދުމަށް ކުރާ އަމުރުތަކަށް ކިޔަމަންގަތުމެއްވެސް ނޫނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لِأَحَدٍ لَأَمَرْتُ النِّسَاءَ أَنْ يَسْجُدْنَ لِأَزْوَاجِهِنَّ؛ لَمَا جَعَلَ الله لَـهُمْ عَلَيْهِنَّ مِنَ الْـحَقِّ.- رواه أبو داود وصححه الحاكم ، ووافقه الذهبي ، وصححه الألباني في ” صحيح أبي داود ” .
“އެއްވެސް މީހަކު މީހަކަށް ސަޖިދަ ކުރުމަށް ތިމަންކަލޭގެފާނު އަމުރު ކުރައްވާނެނަމަ އަނބީން އެކަނބަލުންގެ ފިރީންނަށް ސަޖިދަކުރުމަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ. އެއީ ފިރީންނަށްޓަކައި އެކަނބަލުންގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ގިނަގުނަ ޙައްޤުގެ ސަބަބުންނެވެ.”
އުރެދުމަކަށް ފިރިމީހާ އަމުރުކޮށްފިނަމަ އަނބިމީހާ އެކަމަށް ކިޔަމަންތެރިވާކަށް ނުޖެހޭއެވެ.

✍️الشيخ محمد شافع
#sheikhshafiuqa

image