Potato 🥔 bun
ޕޮޓޭޓޯ ބަން

ބޭނުންވާތަކެތި

500 ގ. ފުށް
50 ގ. ހަކުރު
20 ގ. ހިކިކިރު
50 ގ. ބަޓަރ
8 ގ. އީސްޓް
1 ބިސް
250 އެމް. އެލް ފެން
8 ގ . ލޮނު

އެތެރެ ފުރަން ބޭނުންވާ ތަކެތި

3 ފިޔާ ހިމުން ކޮށްފައި
10 އަލުވި ފެނުކައްކާ މޮޑެފައި
3 ހިކަނދިފަތް
1 ފަޅި ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި
2, މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ހިކިމިރުސް
3 މޭޒުމަތީ ސަމުސާ ކަރީޕައުޑަރ
1 ސައި ސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި ކަރަންފޫ
3 ލޮނުމެދު ހިމުންކޮށް ގާނާފައި
3/1 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ޗިކަން ކިއުބް
ތެޔޮފޮދެއް
ލޮނުކޮޅެއް
ރީނދޫކޮޅެއް ކުލަ ހިފާވަރަށް

ތައްޔާރުކުރާނެގޮތް

ފުށް، މޮޑޭ މެޝިނަށް ފުށް އަޅާފައި ހަކުރު،ބަޓަރު. އީސްޓް، ބިސް. ކިރު، ލޮނު. ފެން އަޅަމުން މޮޑެމުން ދާށެވެ. 10 މިނިޓް ވަންދެން މޮޑެލާށެވެ. ނުވަތަ ރަނގަޅަށް މޮޑެވެންދެން މޮޑެލާށެވެ .

ފުށްގަނޑު އޮމާންކޮށްފައި މަތި ބަންދުކޮށްފައި 1 ގަޑިއިރުވަންދެން ބާއްވާށެވެ.

ތަވާ އުނދުން މައްޗަށް އުދާލާށެވެ.

ކުޑަތެޔޮފޮދެއް އަޅާލާށެވެ.ހޫނުވިމާ ފިޔާ ހިކަނދިފަތް މިރުސް އެއްކޮށް އަޅާލާށެވެ.
.
އެބައި ހަނާވަންދެން މަޑުގިނިގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.
އެބައި ހަނާވީމާ އެރެއަށް އަޅަން ބޭނުންވާ ސާމާނުތައް އެއްކޮށްފައި ރަހަހިފަންދެން ދޭފަތުން ހަލަމުން ކައްކާލާށެވެ.

ފުށްގަނޑު ބައިބައިކޮށްގެން ވަށްކޮށް ގުޅަ ގުޅަ ހަދާލާށެވެ.

ގުޅަތައް ތިނެސްކަން ވާގޮތަށް ހަދާފައި އެތެރެއަށް މހަނާކުރި ބައިން އެތިކޮޅެއް އަޅާފައި ތިން ފަރާތުން ފަތް ޖަހާފައި ބައްދާލާށެވެ.

ޓްރޭގައި އަތުރާފައި އަވަންގެ ހޫނުމިން 180 ޑިގްރީގައި ބަހައްޓައިގެން 12 ނުވަތަ 15 މިނިޓް ފިހެލާށެވެ.

ފިހެވުމުން ބަނަސްތަކުގެ މަތީގައި ޕޭސްޓްރީ ބްރަޝް އަކުން ތުނިކޮށް ބަޓަރު ކޮޅެއް ހާކާލާށެވެ.

މި ބަނަސް ފުށްގަނޑު ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރު ކުރެއެވެ. މި ބަން ވެސް ވަރަށް ގިނަގޮތްގޮތަށް ތައްޔާރު ކުރެއެވެ.

image