Kashikeylu sanfaa
ސަންފާ އަކީ ވަރަށް ރީތި ދިވެހި ނަމެއް ހާއްސަކޮށް ކުރީ ޒަމާނުގެ ދެކުނުގެ ރީތި އަންހެނުންނަށް ކިޔާ ހާއްސަ ލޯބި ނަމެއް
އެގޮތުން ކަށިކޭލު ސަންފާ އަކީ ރީތި އަންހެނަކަށް ނުވަތަ އަންހެނުން ތަކަކަށް ހާއްސަކޮށްގެން ތައްޔާރު ކުރެވިފައިވާ ބާވަތެއް

ދުނިޔޭގެ އެހެނިހެން ގައުމު ތަކަށް އެއްގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރާ ވަރަށް ހާއްސަ މީސް މީހުންގެ ނަމުގައި މީރު ފޮނި ބާވަތް ތައްވެސް ތައްޔާރުކުރޭ

ކަށިކޭލު ސަންފާ އަކީ އަނގަޔަށް މީރު ދިވެހި ބާވަތެއް

ކަށިކޭލު ސަންފާ

ބޭނުންވާތަކެތި

10 ޖޯޑު ކަށިކެޔޮ ( ލިޔެފައިހުރި)
2 ޖޯޑު ހަކުރު
1 ޖޯޑު ބައި ވަރަށް ހިމުންކޮށް ފުނޑާފައިހުރި ހަނޑޫ
3 ޖޯޑު މާފެން
8 ރާނބާފަތްކޮޅު ( 1/2 އިންޗިއަށްބުރިބުރިކޮށްފައިހުރި)
4 ޖޯޑު ޅަގަބުޅި ހުނި
1 ޖޯޑު ބައި ގެރިކިރު
1 ޖޯޑު ކަނަމަދ ފަޅި ފަޅިކޮށްފައި

ތައްޔާރުކުރާނެގޮތް

ތެއްޔެއް އުނދުންމައްޗަށް އުދާލާފައި ފެންފޮދެއް އަޅާފައި ކައްކާށެވެ.
ރާނބާ ފަތްކޮޅު ވެސް އެއްކޮށްލާށެވެ.

ފެން ކެކިގަތީމާ ކަށިކެޔޮކޮޅު އަޅާފައި މަޑުވަންދެން ކައްކާށެވެ .

ފެންއަޅާނީ ކަށިކެޔޮ ކޮޅު ކިރިޔާ މަޑުވާވަރު ބަލައިގެން މަދު މަދުންނެވެ.

ރޯފިލުމުން އުނދުންމަތިން ބާލާފައި ކަށިކެޔޮ ކޮޅު ހޭންޑް މިކްސަރަކުންކުޑަކޮށް ޗަސްކޮށް ލާށެވެ.

ދެން ހަކުރާއި ގަބުޅި ހުނި ކަނަމަދު އެއްކޮށް ތާހަކަށް އަޅާފައި އުނދުން މައްޗަށް އުދާލާށެވެ.

މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.

ބޮކި ޖަހާ ކެކެން ފެށުމުން މާފެނުގައި ހަނޑޫ ފުށް ގިރާފައި އެއްކޮށްލާށެވެ.

ކެކިރޯފިލުމުން ގެރިކިރު އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.

image