1
Discover postsExplore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
ދުނިޔޭގެ އެންމެ އުސް ވެލިގަނޑުވަރުގައި ވެރިކަން ކުރަނީ ކާކު؟
https://thepress.mv/127955
"ސެކިއުލަރ ބިލް ފާސްކޮށްފިނަމަ މެންބަރުން ފަހުން ހިތާމަ ކުރާނެ"
https://feshun.mv/126020
ވެކްސިން ނުޖެހިނަމަވެސް ކުޑަކުދިންނަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ
https://feshun.mv/126060
ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު ދެލައްކައަށްވުރެ އިތުރުވެއްޖެ
https://feshun.mv/126053
ރިސޯޓް މުވައްޒަފުން ކަރަންޓީނުނުވެ ރަށަށް ދެވޭގޮތް ހަދައިފި
https://feshun.mv/125920
ފަޅޮލުގެ ފައިދާ
ފަޅޮލަކީވެސް ގިނަ އަދަދަކަށް ވިޓަމިންސް ހިމެނޭ މޭވާއެކެވެ. އަދި ސަރުބީ ވިރުވުމާއި ހަޖަމު ރަނގަޅު ކުރުމުގައި ފަޅޯވަރެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ..
🔹ޑައިޓް ކުރާ މީހުން ކެއުމަށް ފަޅޮލަކީ ރަނގަޅު އެއްޗެއް
🔹ބަރުދަން ލުއިކުރުން
🔹އާތްރައިޓިސް (ހުޅުހުޅުގައި ރިއްސުން)
🔹ހަކުރުބަލި
Kulhi Valhoamas submerine
ކުޅި ވަޅޯމަސް ސަބްމެރިން
ބޭނުންވާ ތަކެތި
1 ދިގު ބަނަސް
1/2 ޖޯޑު ހިމުން ހިމުންކޮށް ކޮށާފައި ހުރި ވަޅޯމަސް
3 މޭޭޒުމަތީ ސަމުސާ ހިމުން ކޮށް ކޮށާފައި ހުރި ފިޔާ
1 ކެޕްސިކަމް ކަރުނަގާ ހިމުންކޮށް ކޮށާފައި
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 މޭޒުމަތީ ސަމުސާ ޕީލްޑް ޓޮމާޓޯ
1/2 ސައިސަމުސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި
1/2 ލޮނުމެދު ގާނާފައި
1 ޓޮމާޓޯ ފޮތި ފޮތިކޮށްފައި
1/2 ޗިކަން ކިއުބް
2 ފޮތި ސްލައިސް ޗީޒް
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ބަޓަރ
1ލެޓިއުސް ފަތް
މެޔޮނައިސް ކޮޅެއް
ބަޓަރ ކޮޅެއް
ސަބްމެރިން ސޯސް ކޮޅެއް
ތައްޔާރު ކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާށެވެ. ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.
ހޫނުވިމާ ލޮނުމެދު، މަސް ފިޔާ ، ގިތެޔޮމިރުސް ކެޕްސިކަމް ކޮޅު އަޅާފައި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ރޯފިލުވާލާށެވެ .
ދެން އަސޭމިރުސް ކިއުބް ޕޭސްޓް، ޕީލްޑް ޓޮމާޓޯ އެއްކޮށްލާށެވެ .ރަހަހިފުމުން އުނދުން މަތިން ބާލާށެވެ.
ބަނަސް މެދުން ދެފަޅިކޮށްފައި ދެފަޅިގެ އެތެރެ ފަރާތް ކުޑަކޮށް ފިހެލާށެވެ .
އެއްފަޅީގައި ބަޓަރު ހާކާލާށެވެ.އަނެއްފަޅީގައި މެޔޮނައިސް ހާކާލާށެވެ.
މަސްކޮޅު ސަބްމެރިން ސޯސް ކޮޅަކާއި އެއްކޮށްލާށެވެ.
ބަނަހުގެ އަޑިއަށްވާ ފަޅީގައި ލެޓިއުސް ފަތް ކޮޅު ކަފާފައި ފަތުގެ ކާރި ފަށް ބޭރަށް ވާާގޮތަށް ބާއްވާށެވެ.
ދެން މަސް ފަތުރާލާފައި ޓޮމާޓޯ ފޮތި ތައް ދެފަޅިކޮށްފައި ބަނަހުގެ ދިގަށް އަތުރާލާފައި ޗީޒް ފޮތިތައް ވެސް ކަފާފައި ޓޮމާޓޯ ފޮތި ތައް މަތީގައި ދިގަށް އަތުރާލާށެވެ .
އަނެއް ބަނަސް ފަޅި މަތީގައި ތަތްކޮށްފައި މެދުން ކައްޗަށް ކަފާލާށެވެ.
ވަޅޯމަސް ސަބްމެރިން ވެސްތަފާތު ގޮތް ގޮތަށް ތައްޔާރުކުރެއެވެ.
Kukulhu Mas baiy keyn
ކުކުޅު މަސްބަތް ކޭން
ބޭނުންވާ ތަކެތި
10 ޖޯޑު ބަތް ބާސްމަތީ ރައިސް ގެ
3 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ބޯންލެސް ޗިކަން
1 ފަޅިގިތެޔޮމިރުސް ކޮށާފައި
1 ސައި ސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
1 ޗިކަންކިއުބް
1 ސައި ސަމުސާ މުގުރި އަސޭމިރުސް
2 ފިޔާ ހިމުންކޮށް ކޮށާފައި
1 މޭޭޒުމަތީސަމުސާ ލޮނުމެދު އިނގުރު ވަރަށް ހިމުންކޮށް ކޮށާފައި ހުރި
8 ރާނބާފަތު ކޮޅު 1 އިންޗި އަށް ބުރިކޮށްފައި ހުރި
4 ހިކަނދިފަތް
ތެޔޮފޮދެއް
ލޮނުކޮޅެއް
ރީނދޫކޮޅެއް ކުލަ ހިފާވަރަށް
3 ފަޅި ލުނބޯގެ ހުތް
ތައްޔާރު ކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ތެޔޮފޮދެއް އަޅާފައި ތެޔޮ ފޮދު ހޫނުވީމާ ފިޔާ ، ،މިރުސް ، ހިކަނދިފަތް ރާނބާފަތް އެއްކޮށް އަޅާލާށެވެ.
ފިޔާކޮޅު މޯޅި ވަންދެން ދޭފަތުން މަޑު ގިނީގައި ބަހައްޓައިގެން ހަލަމުންދާށެވެ.
ފިޔާކޮޅު މޯޅިވީމާ މަސްކޮޅާއި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާފައި މަޑުގިނީގައި ބަހައްޓައިގެން ރަހަ ހިފަންދެ ދޭފަތުން އަވަސް އަވަހަށް ހަލަމުންދާށެވެ.
4-5 ގޮތަކަށް ވެސް މަސްބަތް ކައްކައެވެ.