ާ ސީފްޑް ކަރީ
Seafood curry
ބޭނުންވާތަކެތި

500 ގ . ސީފްޑް ( ކަޓްލް ފިޝް ،ވައިޓް ފިޝް ޑިނގާ
3 ފިޔާ ތުނިކޮށް ކޮށާފައި
2 ގްރީން ޗިލީ ކޮށާފައި
3 ހިކަނދިފަތް
1/3 ސައި ސަމުސާ މުގުރި ރީނދޫ
1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ( ޗިސްކޮށްފައިހުރި)
1 ފަޅި ގިތެޔޮ މިރުސް ( ކޮށާފައި)
3 މޭޒުމަތީ ސަމުސާ ފިޝް ކަރީޕައުޑަރ
1 ޖޯޑު ކާށި ބޯކިރު
2 މޭޒުމަތީ ސަމުސާ ރާޅުކޮށް ތަޅާފައި ހުރި ހިކިމިރުސް
6 ރާނބާފަތު ކޮޅު 1/2 އިންޗި އަށް ބުރިކޮށް ފައި ހުރި
1 ސައިސަމުސާ މުގުރި ދިރި
1 ސައި ސަމުސާ ބައި ޗިކަން ކިއުބް
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
4 ޖޯޑު ކާށިފެންކިރު
1/2 ސައި ސަމުސާ މަސްޓަރޑް ސީޑްސް
1/40 ސައި ސަމުސާ މުގުރި އޯބަތް
2 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
1/2 ޖޯޑު ޓޮމާޓޯ ޕޭސްޓް
ލޮނުކޮޅެއް
ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ތަވާއުނދުން މައްޗަށް އުދާލާށެވެ.

ކުޑަ ތެޔޮ ފޮދެއް އަޅާފައި އަޅާލާށެވެ.

ހޫނުވީމާ އޯބަތް ކޮޅާއި މަސްޓަޑް ސީޑްސް ކޮޅު އެއްކޮށްލާށެވެ.

ސީޑްސް ކޮޅު ފުފުމުން ފިޔާ، ލޮނުމެދު މިރުސް، ހިކަނދި- ރާނބާ، ހިކި މިރުސް މިރުސް އެއްކޮށް އަޅާލާށެވެ.
އެބައި ހަނާވަންދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.

ފިޔާކޮޅު މޯޅިވީމާ ބޯކިރު ފިޔަވައި ބާކީ ތަކެތި އެއްކޮށްފައި މަޑުގިނީގައި ރޯފިލަންދެން ހަނާކޮށްފައި ބޯކިރު އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

image