garlic Chicken rice
ގާރލިކް ޗިކަން ރައިސް
ބޭނުންވާތަކެތި
5 ޖޯޑުބަތް
2 ޖޯޑު ބޯންލެސް ޗިކަން ( ކުދިކޮށް ކޮށާފައި)
ލޮނުމެދު ހިމުން ކޮށް ކޮށާފައި
3 ބިސް
2 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ކަޖޫނަޓް
1/2 ޖޯޑު ގްރީން ބީންސް ކޮށާފައި ހުރި
1 ޖޯޑު ލީކްސް ( ކޮށާފައިހުރި)
1 ޖޯޑު ކެރެޓް ( ގާނާފައިހުރި)
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
1/2 ޖޯޑުު ގްރީން ބީންސް ކޮށާފައި ހުރި
1 ޖޯޑު ފިޔާ ( ހިމުންކޮށް ކޮށާފައިހުރި)
2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ ހަނާކޮށްރާޅުކޮށް މުގުރާފައި ހުރި ހިކިމިރުސާ
1 ގިތެޔޮމިރުހުގެ 1/4 ފަޅި ( ހިމުންކޮށް ކޮށާފައި)
1 ސައި ސަމުސާ އިނގުރު ( ޗިސްކޮށްފައިހުރި)
1 ސައިސަމުސާ ޗިކަން ކިއުބް
2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
ލޮނުކޮޅެއް
ތެޔޮފޮދެއް
1 މޭޒުމަތީ ސަމުސާ ބަޓަރ
މުގުރި އަސޭމިރުސް ކޮޅެއް
ތައްޔާރުކުރާނެގޮތް
ތަވާއުދާލާށެވެ.
ހޫނުވީމާ ބަޓަރުކޮޅު އަޅާލާށެވެ .
ދިޔާވީމާ ލޮނުމެދު ކޮޅު އެއް ކޮށްފައި ހަނާވީމާ ކުކުޅު ކޮޅު އަޅާލާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ .
ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ލާފައި ކުކުޅު ރޯފިލަންދެން ހަނާކޮށްލާށެވެ.
ހަމަ އެތަވާޔަށް ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ބިސްވެސް ތަޅާފައި އެއްކޮށްލާށެވެ.
ބިސް އެތި އެތި ކޮޅަށް ވަންދެން ދޭފަތުން ހަލަމުންދާށެވެ.
ފިޔާ ، ލީކްސް، ބީންސް ،މިރުސް، ކެރެޓް، އެއްކޮށްލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.
ރޯފިލުމުން ބަތްފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އަޅާފައި 2 މިނިޓް ވީމާ ބަތްކޮޅު އަޅާފައި އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.