#dhivehiarchives
މީގެ 285 އަހަރު ކުރިން ދިވެސް އަކުރުން ލިޔެފައިވާ ފަތްކޮޅެއް. މިއީ ހުވަދު އަތޮޅު ހަވޮއްޑޭ މީހުންނާ ގުޅޭ ގޮތުން އިބްރާހީމް ރަސްގެފާނުގެ ހުއްދަވިދާޅު ބަސްފުޅާއި ނުކުމެ ބަނޑޭރި އިބްރާހީމް އަޅާ ކީހިނދު އުމަރު ގަދަހަމާންދި އަޅާ ލިޔުނު ފަތެއް. މިފަތުގައި ލިޔެވިގެން ވަނީ:
"ސުުވަސްތީ ސިރީ މަތަމަހާ ސިރީ ރަންނަވަ ލޯކަ އަބާރަޱަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ބަވަނަ މަހާރަދުންގެ ތޭވީސްވަނައި ރަމަޟާން މަހު މިރަދުންގެ އިތުރު ހިރިއާފާތުރާ ދަށުން ވިދާޅީން. މަގޭ ވޮޱަދަނަ ރާއްޖޭ ހުވަދުންމައްތީ ރަސްބަންޑާރަ ފުށުން ރަސްކަމާކެމަށް ދިހައި އަޅުނައި ހުވަދުންމައްތީ އެންމެ ރަށްރަށް އެންމެ އަޅުތަކުނައި މިފަދައިން މިއަތޮޅުމެ ތިނަދޫ އެންމެ ޚަތީބް މަލިން މުދިން ރާއެރި މަސްމެރި ކަބުރު ކެއުޅު ވަޑި ފޭރު މެދުކެބި ކުދިބޮޑު އަންހެފިރިހެ އެންމެ އަޅުތަކުނަ ވިދާޅުފަތެ. ހަވޮއްޑޭ މީހުންނަ އަނިއާއެއް ކުޅައިމަށް މިހަވޮއްޑެއި މީހުނަށް ދެއްވި ފަޅަކަށް ވަދެ އަނެކަކު ނުތަޅަނީކޮށު. މިރަށު މީހުންނަށް މާފަރެވެ ކިޔާ ފަރު ދެއްވައި ދަރުމަކުރައްވައިފީކޮށު. މިއުރެންގެ ކީހުފަރަކު ކަހުފަރަކު އެއްގަލަކު ކަފަނަކު ކަންބައި މިހަވޮއްޑެއި މީހުންގެ އޮޑިއެއް ދޯޱިއެއް މުގުރައި ވަލެއް ވަލަވެރިއެއް ރިއަލެއް ކޮށާއި ޝަރީޢަތް ނެތް އަނިއާއެއް ކޮށްފިނަމަ ފައްސަތޭކަ ...ރީ ދުރޯ ހުންޱައީކޮށު. ތިނަދޫ މީހަކު ވިއަސް...ހަ ރަށަކު މީހަކު ވިއަސް މިއުރެންގެ ގެއަކަށް ދޮރަކަށް ވެދެ ތަޅައި މަރައި މިއުރެނަށް ޝަރީޢަތް ނެތް އަނިއާއެއް ނުމެކުރަނީކޮށު. މަގޭ އިތުރު ހިރިއާފާތުރާ ދަށުން ދެއްވި މިވިދާޅުފަތް އުވައި މީން ކަމަކުން ކަމެ އަރައިރުން ކުޅައޫތަ މަގޭ ކީރިތިކަމުގެ ފުރަމާޱަ ދަނެއު. މިތައްމަގުން ސިރީ ރަންނަވަ ލޯކަ އަބާރަޱަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން.. ކައްތިރި މުދި ގެއްސެވުމަށް މިފަތް ލިއުއްވުމުގެ ހުއްދަވިދާޅު ބަސްފުޅާއާ ނުކުމެ ބަޑޭރި އިބްރާހީމް އަޅާ ކީހިދު ޢުމަރު ގަދަހަމާންދި އަޅާ ލީން."
A 285 year old Royal Missive of King Ibrahim Iskandar II, written in the old Máldivian script known as Dhives Akuru.