Mugu hiki riha
މުގު ހިކި ރިހަ

ބޭނުންވާ ތަކެތި

300 ގ. މުގު
2 ފިޔާ
2 ހިކަނދިފަތް
3 ލޮނުމެދު ގާނާފައި
1 ފަޅި ގިތެޔޮ މިރުސް
1 ޖޯޑު ކާށި ކރު
2 ޓޮމާޓޯ ކޮށާފައި
1 ސައި ސަމުސާ ރީނދޫ
1/2އިންޗީގެ އިނގުރު ކޮޅެއް ގާނާފައި
1/2 ސައި ސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
1 ލުނބޯ
6 ރާނބާފަތް ކޮޅު 1/2 އިންޗިއަށް ބުރި ބުރިކޮށްފައި
1 ޗިކަން ކިއުބް
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
6 ހިކި މިރުސް މައްޗަށް އަޅަން
ތެޔޮފޮދެއް
ލޮނުކޮޅެއް

ތައްޔާރު ކުރާނެގޮތް

މުގު ދޮވެފައިމުގުގެ މަތީގައި އަތްތިލަ އެޅީމާ އަތްތިލަ ފޮރުވޭ ވަރަށްފެން އަޅާލާށެވެ .
ފިޔާ ހިކަނދިފަތް ރާނބާފަތް މިރުސް ލޮނުމެދު އިނގުރު ޓޮމާޓޯ އެއްކޮށްލާށެވެ.
2 ގަޑި އިރުވަންދެން މަތިޖަހާފައި ބަހައްޓާށެވެ.

2 ގަޑި އިރު ވީމާ އުނދުން މައްޗަށް އުދާފައި މުގު މަޑުވަންދެން ކައްކާށެވެ.

މަޑު ނުވަނީސް ހިކޭ ގޮތްވާނަމަ ކުޑަ ފެންފޮދެއް އެއްކޮށްލާށެވެ.

ހިކި މިރުހާއި ތެޔޮފޮދު ފިޔަވައި ބާކީ ތަކެތި އެއްކޮށްލާށެވެ.

ބާލަންވީމާ 1 ޖޯޑު ކާށި ބޯކިރު އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.
ތެޔޮ ފޮދު ތަވަޔަކަށް އަޅާފައި ހޫނުވީމާ ހިކިމިރުސާ އަޅާފައި ތެލުލާށެވެ .
ތެލުލި ހިކި މިރުސް ރިހަތެލީގެ މައްޗަށް އަޅާލާށެވެ.

މުގު ހިކި ރިހަ ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރުކުރެއެވެ.

image