#dhivehiarchives
ކެންދޫގައި ހުންނަ ތަބްރޭޒުގެފާނުގެ މަގާމްފުޅު މީގެ އަހަރުތަކެއް ކުރިން ހުރި ގޮތް. އެގޮތަށް ހުއްޓާ ތަން ވީރާނާވެ ބައެއް ފާރުތައް ވެއްޓި ސުންނާފަތިވެފައި ވަނިކޮށް މިއަހަރުގެ ތެރޭގައި ސަގާފީ ތަރިކައިގެ ގައުމީ މަރުކަޒުން މިތަން އަލުން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫއެއް ހިންގާފައިވޭ. ބުނެވޭ ގޮތުގައި މި މަގާމުފުޅު ހުރި ތަނަކީ މީލާދީން 1153 ގައި ދިވެހިރާއްޖޭގެ ރަސްގެފާނު އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެޑައިގަތް ޔޫސުފް އައްތަބްރޭޒީ އަޅުކަންކުރައްވާން އިންނެވި ތަނުގައި ހަދާފައިވާ މަގާމްފުޅެއް. އެހެންވީމާ މިތަނަކީ 800 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެއް ކަމަށް ބެލެވޭ. އިހުގައި މިތަނަކީ ހާއްސަ ގަދަރެއް ދެވިގެން ވަރަށް ބޮޑަށް ބަލަހައްޓަމުން އައި ތަނެއް. އެގޮތުން އެރަށު ގޮއިފާލައްބައިން ލިބޭ ތަކެތި ހަރަދުކޮށްގެން އެތަން ބެލެހެއްޓުމަށްޓަކައި ރަސްމީ އިންތިޒާމެއް ހަމަޖެހިފައި އޮތް. މިހާރު ފެންނަން ހުރި އިމާރާތް އެގޮތަށް ފަރުމާކޮށް ބިނާކުރީ މީގެ 100 ވަރަކަށް އަހަރު ކުރިން އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (3) ގެ ރަސްކަމުގައި. މިކަމުގެ މޭސްތިރިއަކީ ކުޑަރިކިލު ނާއިބު ކަލޭގެފާނު (މުހައްމަދު މަނިކު).
📷 މިލްކުވެރިކަން ލިބިގެންވަނީ ހައްގުވެރި ފަރާތަށް

Maqām of Tabrizi in Kendhoo Island is South Maalhosmadulu (aka Baa Atoll). It was the place where Sheikh Yusuf al-Tabrizi used to pray. He is believed to be the person who converted the Buddhist King of Maldives to Islam in 1153 CE.

imageimage
+12