Kukulhu kurandi lee biriyaanee
ކުކުޅު ކުރަނޑިލީ ބިރިޔާނީ
ބޭނުންވާ ތަކެތި
5 ޖޯޑު ބަތް
1 ސައި ސަމުސާ މުގުރި ދިރި
1/3 ޖޯޑު ކަނަމަދު ނުވަތަ ކެޖޫނަޓް
1/3 ޖޯޑު ހިކިމޭބިސް ކަދުރު
2 ޖޯޑު ހުންނަހާ ކުކުޅު ކުރަނޑި ދެފަޅިކޮށް ލޮނުކޮޅެއްލަައިގެންކައްކާ މަޑުކޮށްފައި ހުރި
2 ފިޔާ ހިމުން ކޮށް ކޮށާފައި
2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
2 ހިކަނދިފަތް
5 ރާނބާފަތްކޮޅު ބައި އިންޗި އަށްބުރިކޮށްފައި
1/2 ސައި ސަމުސާ މުގުރި ފޮނި ތޮށި ކާފޫރުތޮޅި
1/4 ފަޅި ގިތެޔޮ މިރުސް ހިމުންކޮށާ ކޮށާފައި
1 ސައި ސަމުސާ ބައި އިނގުރު ލޮނުމެދު ޕޭސްޓް
1/2 ޖޯޑު ހަންނަހާ ހަނާކުރި ހަވާދު ފުނޑާފައި ހުރި ބައި ޖޯޑުކާށިބޯކިރުގައި ގިރާފައި
1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ސައި ސަމުސާ ޗިކަން ކިއުބް
4 ބިސް ފެނުކެއްކި
ލޮނު ކޮޅެއް
ތެޔޮ
މައްޗަށް އެޅުމަށް
1 ޖޯޑު ހުންނަހާ ކަނަމަދު،ނުވަތަކެޖޫނަޓް ، ފިޔާ , ހިކިމޭބިސް ކަދުރު ތެލުލާފައި ހުރި
ތައްޔާރު ކުރާނެ ގޮތް
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ހިކިމޭބިސް ކަދުރު ކަނަމަދު ނުވަތަ ކެޖޫނަޓް އަޅާލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.
ކުޑަކޮށް ހަނާވީމާ ފިޔާ،ހިކަނދިފަތް، ރާނބާފަތް، މިރުސް އެއްކޮށް އަޅާލާށެވެ.
އެބައި މޯޅިވުމުން ބަަތާއި ބިސް ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތް އެއްކޮށް އަޅާފައި ރޯފިލުމުން ބިސް އެއްކޮށްފައި 1 މިނިޓް ކައްކާލާށެވެ.
އުނދުން މަތިން ބާލާށެވެ.
ތަށްޓަށް ބަތް އަޅާފައި މައްޗަށް ތައްޔާރު ކުރި ސޯސް އަޅާލާށެވެ.
ބަތް ތަށީގެ މައްޗަށް ހަނާކުރި ފިޔާ ކަނަމަދު ނުވަތަ ކެޖޫނަޓް ހިކިމޭބިސް ކަދުރު ޕީނަޓް ބުރުވާލާށެވެ.
ބޭނުމިއްޔާ މިންޓްލީވްސް ކޮޅެއްވެސް ކޮށާފައި ބުރުވާލާށެވެ.