ލާފިންގ ރިއެކްޓުކޮށް ޖޯކު ޖެހި މީހުންނާއި މެދު ހައިރާންވަމެވެ. ރާއްޖެއަކީ ތާއަބަދަށް އަމާން ތަނެއް ކަމުގައި ގަބޫލުކޮށްގެން މިނިވަން ކަމާއެކު ޙިޔާލާއި، އިޙުސާސް ފާޅު ކުރާއިރު ވިސްނާލާށެވެ. އެ ސިފައިންގެ މީހާ އެއޮތީ ކާރެއްގެ ސިފައިގައި އޮތަސް ޓައިމިންގ ސެޓު ކޮށްފައިއޮތް ބޮމެއްގެ ކައިރީގައި ކަމަށްވެސް ވެދާނެނޫންތޯއެވެ. އެވަގުތު އޭނާ ކުރާނެ އިޙުސާސް ވިސްނާލާށެވެ. ލޯބިވާ އާއިލާ އާއި ދަރިން ދެވަނަ ފަހަރަށް އޭނާ ދެކިލުމަށްއެދި ގޭގައި އެބަތިއްބެވެ. އެކަމަކު އޭނާގެ ފުރާނަޔާއި ހަށިގަނޑު އެވަނީ ޤައުމަށްޓަކައި ހަދިޔާ ކުރެވިފައެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައި އެ ކާރު އެތަނުން "ކްލިއަރ" ކުރަން ޖެހުނީ އަދު ރާއްޖޭގެ ޙާލަތު ގޮސްފައި އޮތް ހިސާބުންނެވެ. ދެންވެސް ބަލާފައި ހޭށެވެ. ކަމެއްވީނަމަ ދިފާޢީ ބާރުގެ ނުކުޅެދުންތެރިކަން ދެއްކެން އޮތްގަތަކަށް ނެރެ ދެއްކީހެވެ. #ހިތާމަހުއްޓެވެ. ދިވެހި ޤައުމު އަބަދުވެސް މިނިވަން ކަމާއި އަމާން ކަމުގައި ލަހައްޓަވާށިއެވެ. 🇲🇻❤
![image](https://meesmedia.s3.amazonaws.com/upload/photos/2021/07/X8dz2KuVh3yDII3ItJXr_15_aa71ad1b58ac6829ef9da9bdd9baaca6_image.jpg)