easy cheese scrambled egg

އީޒީ ޗީޒް ސްކްރަމްބްލްޑް އެގް

ބޭނުންވާ ތަކެތި


6 ބިސް ގިރާފައި
1 ޖޯޑު ބައި ދިޔާ މިލްކް
1/2 ޖޯޑު ގާނާފައި ހުރި ޗީޒް
އަސޭމިރުސް ކޮޅެއް ކުޑަ ކުޑަ ބޭނުމިއްޔާ
ލޮނުކޮޅެއް
ބަޓަރކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ބިހާއި ކިރު އަދި ރަނގަޅަށް އެއްކޮށްލާށެވެ.
ލޮނުކޮޅެއް ވެސް ލާށެވެ.

ތަވާ އުނދުން މައްޗަށް އުދާލާށެވެ.

ހޫނުވީމާ ބަޓަރު ކޮޅު އަޅާލާށެވެ.

ބަޓަރކޮޅު ދިޔާވީމާ ގިރާފައިހުރި ބިސް އެއްކޮށްފައި އަޅާލާށެވެ .ލޮނާއި އަސޭމިރުސްކޮޅު އެއްކޮށްފައި ބިސްކޮޅު ރޯފިލާ އެތި އެތި ކޮޅަށް ވަންދެން ދޭފަތުން ހަލަމުންދާށެވެ.

ސްކްރަމްބްލްޑް އެގް ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރުކުރެއެވެ.

image