"ލޯތްބަކީ ކޮން އެއްޗެއްކަން ނޭނގޭ މީހެއްގެ ކިބައިން ލޯބި ހޯދުމަށް ނޫޅޭށެވެ. ހިލަ ހިތަކުން އޯގާތެރިކަން ހޯދުމަށް ނޫޅޭށެވެ. ފެން ނެތް ހިކި ވަޅަކުން ފެން ލިބޭނެކަމަށް އުންމީދު ނުކުރާށެވެ. މޭވާނާޅާ ގަހަކުން މޭވާ ލިބޭނެކަމަށްވެސް އުންމީދު ކޮށްގެން ފެންދީ ހެއްދިޔަސް އެގަހަކުން މޭވާ އެއް ނުލިބޭނެއެވެ."