ތަންދޫރީ މަސާލާ ރައިސް
Thandooree masaalaa rice
ބޭނުންވާތަކެތި
2 ޖޯޑު ބަތް
1 ޕީސް ތަންދޫރީ ޗިކަން
1 ފަޅި ފިޔާ ( ހިމުންކޮށް ކޮށާފައި)
1 ސައި ސަމުސާ ލޮނުމެދު އިނގުރު ( ޗިސްކޮށްފައި ހުރި)
1 ސައި ސަމުސާ ޗިކަން ކިއުބް
1 ޓޮމާޓޯ ކުދިކޮށް ކޮށާފައި
2 މޭޒުމަތީސަމުސާ ޕީލްޑް ޓޮމާޓޯ
2 މޭޒުމަތީ ސަމުސާ ބައި ތަންދޫރީ ޕޭސްޓް
1/3 ސައި ސަމުސާމުގުރި އަސޭ މިރުސް
1 ހިކަނދިފަތް
5 ރާނބާފަތް ކޮޅު ( 1/2 އިންޗިއަށް ބުރި ބުރިކޮށްފައި ހުރި
1 ސައިސަމުސާ ގިތެޔޮ މިރުސް ( ކޮށާފައިހުރި)
ލޮނުކޮޅެއް
ތެޔޮ ފޮދެއް
ތައްޔާރުކުރާނެގޮތް
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ކުޑަ ތެޔޮ ފޮދެއް އަޅާލާށެވެ.
ހޫނުވީމާ ފިޔާކޮޅު، ހިކަނދިފަތް ،ރާނބާފަތު، މިރުސް އެއްކޮށް އަޅާލާށެވެ.
ޓޮމާޓޯ ކޮޅު އެއްކޮށްލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.
ފިޔާކޮޅު މޯޅިވުމުން ބަތް ފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރޯފިލުމުން ބަތްކޮޅު ކޮޅު އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.