ދުންފުހުގެ ސަބަބުން ވައި ނުސާފުވެ ހަމަ ލޮލަށް ފެންނަ ދުރުމިން އުތުރުގެ އަތޮޅުތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ވައި ނުސާފުވެ ހަމަ ލޮލަށް ފެންނަ ދުރުމިން އުތުރުގެ އަތޮޅުތަކުގައި 3 ކިލޯމީޓަރަށް ދަށްވެފައިވާކަމަށާއި، މި ހާލަތު މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރިގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.
Details:- https://thepress.mv/158604
![image](https://meesmedia.s3.amazonaws.com/upload/photos/2025/01/zD8rvCcoPFedjhZvFKDp_08_6f10809b7bb3326cc10a8827c3fe6fb7_image.jpg)