"ޤާޟީއެއް އޭނާގެ އަނބިމީހާއަށް ނޭނގި ދެވަނަ ކައިވެންޏެއް ކުރިއެވެ. ✌️
އަދި ފުރަތަމަ އަނބި މީހާއަށް ނޭނގި ސިއްރުން ދެވަނަ އަނބިމީހާގެ ގާތަށް ގޮސް އެޅުނެވެ.
މިކަމާ ގުޅިގެން ފިރިމީހާއަށް އައި ބަދަލުތަކުގެ ސަބަބުން ފުރަތަމަ އަނބި މީހާއަށް ޝައްކުވެ، ފިރިމީހާ ގާތު ޝަކުވާ ކުރަން ފެށިއެވެ.

އަދި އެކަމާ މެދު ސުވާލު ކުރުމުން ދޮގު ނުހަދަން ސީދާ ޖަވާބެއް ނުދެއެވެ. އަދި ފަހަރުގައި ތިއީ ޝައިޠާނާގެ ވަސްވާސް ކަމަށް ބުނެ އަދި ތިކަމަށް އެއްވެސް ދަލީލެއް ނެތޭ ފިރިމީހާ ބުނަމުން އައެވެ.

ކޮންމެ އަކަސް އެކަމުގެ ސަބަބުން މައްސަލަތައް ޖެހެން ފެށުމުން އެކަމަށް ދޮގު ނަހަދައި ޙައްލެއް ހޯދުމަށް ފުންކޮށް ވިސްނިއެވެ. (އެހެނީ ދެވަނަ އަތްނބެއް ނުވާ ކަމަށް ބުނެއްޖެނަމަ ދެވަނަ އަނބި މީހާ ވަރި ވާނެކަން ޤާޟީއަށް އެނގެއެވެ. )

އޭނާގެ ދެވަނަ އަނބިމީހާގެ ގާތަށް ގޮސް ބުންޏެވެ. "ތިބާ އަހަރެންގެ ފުރަތަމަ އަނބިމީހާގެ ގާތަށް ގޮސް، ތިބާގެ ފިރިމީހާ ދެވަނަ މީހަކާއި އިން ކަމުގެ ޝަކުވާ ކުރުމަށް ކަމަށް ބުނެ އަހަރެންނާއި ބައްދަލު ކުރުމަށް އެދޭށެވެ."
(އެހެނީ އޭނާއަކީ ޤާޟީއެއް ކަމުގައި ވާތީއެވެ.)

ކޮންމެ އަކަސް އަޞްރު ނަމާދަށްފަހު ދެވަނަ އަނބިމީހާ، ފުރަތަމަ އަނބިމީހާގެ ގޭ ދޮށަށް ގޮސް ޤާޟީއާއި ބައްދަލު ކުރުމަށް އެދުނެވެ. އަދި އެއީ އޭނާގެ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރި ކަމުގެ ޝަކުވާ ކުރުމަށް ކަމަށް ބުންޏެވެ.

ފުރަތަމަ އަނބިމީހާ، ކުރިމަތީގައި މިވަނީ ފިރިމީހާގެ ދެވަނަ އަނބިކަން ނޭނގޭ ޙާލު އޭނާ ގޮވައިގެން ފިރިމީހާގެ ގާތަށް ދިޔައެވެ. ތިން މީހުން އެއް ތަނެއްގައި ތިބެ...

ދެވަނަ އަނބި ސުވާލު ކުރިއެވެ.
"އޭ ޢިއްޒަތްތެރި ޤާޟީއެވެ.! އަހަރެންގެ ފިރިމީހާ އެހެން މީހަކާއި ކައިވެނިކޮށްފިއެވެ. އެކަމަކު އެކަމަށް އަހަރެންނަށް އެއްވެސް ހެއްކެއް ނެތެވެ."

ތިއީ ތިބާގެ ހިތުގައި ވާ ވަހުމެއް ކަމަށާއި އަދި ގޯސްކޮށް ވިސްނޭ ވިސްނުމެއް ކަމަށް ވެދާނެ ކަމަށް ޤާޟީ ބުންޏެވެ.
އަދި ތިކަމުގެ ދަލީލަކީ އަހަރެންގެ އަނބިމީހާއަށް ވެސް ހަމަ ތިހެން އިޙްސާސް ކުރެވެއެވެ. އަހަރެން ﷲ ގަންދީ ހުވާ ކޮށްފަ މިބުނަނީ އެވެ. މިގެއިން ބޭރުގައި އަހަރެންގެ އަނތްބެއް ވާނަމަ އޭނާ އެހެރީ ވަރިކޮށްފައެވެ...!!!!

ފުރަތަމަ އަނބިމީހާއަށް ރޮވުނެވެ. އަދި ތެދުވެ ފިރިމީހާގެ ބޮލަށް ދޮނެއް ދެމުން ބުންޏެވެ. ދުވަހަކު ވެސް ތިބާއާއި މެދު ޝައްކެއް ނުކުރާ ހުށީމެވެ. "

-كتاب المكر الأليم في الضحك على الحريم- 📒

ފޮޓޯ: ގޫގަލް

image