ކެއުމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ފުރަމޭގެ ސިއްހަތަށަ ވަރަށް އަސަރު ކުރެއެވެ. ތަފާތު އެކިކަހަލަ ނިއުޓްރިއެންޓު ހިމެނޭ ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުން ކުރާނަމަ އޭގެ ސަބަބުން ފުރަމޭ ސާފުވެ، ފުރަމޭގެ މަސައްކަތް އިތުރަށް ފުރިހަމަ ވެއެވެ.
More Details:- https://ras.mv/post/51241
ކައްޓަލައަކީ ޒަމާނުއްސުރެ ދިވެހީން ކެއުމުގައި ބޭނުންކުރަމުން އަންނަ މަގުބޫލު ފަލަމަޑީގެ ބާވަތެކެވެ. އަލުވީގެ އާއިލާއަށް ނިސްބަތްވާ މި ފަލަމަޑީގެ ބާވަތަކީ ބާޒާރުމަތީ ވަރަށް ތިޔާގި ބާވަތަކަށްވުމުގެ އިތުރުން ވަރަށް ގިނަ ދިވެހި ގޭގޭގައި މުޑުވައްކޮށް ހައްދާ ފަލަމަޑީގެ ބާވަތެކެވެ. އާއްމުކޮށް ކައްޓަލަ ހުންނަނީ ހުދު، އޮރެންޖު، ކްރީމް އަދި ދަނބުކުލައިގައެވެ. މިއިން ކޮންމެ ކުލައެއްގެ ކައްޓަލައަކީ ވެސް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް އޭގައި އެކުލެވޭ ބާވަތެކެވެ.
Details:- https://sun.mv/201109